ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
03 Jul 2023
"ޙައްލަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާދެއްވުން"
މަޖިލީހުގައި އެޅުވިފައި އޮތް މަރުތަޅު ފިލުވާ މަޖިލީހުގެ މަސައްކަތްތައް އުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް އޮތް ޙައްލަކީ އިތުބާރު ނެތްކަމަށް ގިނަ މެމްބަރުންތަކަކަށް ފެނިގެން، މަޤާމުތަކުން ވަކިކުރުމަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
03 Jul 2023
"މިއަދު މި އޮތީ އަލުން އަނބުރާ އިސްލާހީ މަސައްކަތް ކުރަން ޖެހިފަ"
މިއަދު މިއޮތީ މީގެ އަހަރުތަކެއް ކުރިން ކުރިފަދަ އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ކުރީގެ ނައިބުރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
02 Jul 2023
"ތިލަމާލެ ބްރިޖު އަންނަ އަހަރަށް ނިންމާ ބޭނުން ކުރަން ފެށޭނެ"
މާލެއާއި ތިލަފުށު ގުޅާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ މަސައްކަތް ނިންމާ އަންނަ އަހަރު ބޭނުން ކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
02 Jul 2023
"ގުޅިފަޅު މަޝްރޫއަކީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް"
ގުޅިފަޅުގެ ބިން ހިއްކުމުގެ މި މަޝްރޫޢަކީ، މާލޭ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
02 Jul 2023
"ރައީސް ޞާލިހު ބަލިކުރަން ކޮމަން ކެންޑިޑޭޓަކު ނެރެން ވެސް ތައްޔާރު"
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލިކުރުމަށް ގިނަ ސިޔާސީ ޕާޓީތަކެއް އެކުވެގެން "ކޮމަން ކެންޑިޑޭޓެއް" ނެރެން ވެސް ތައްޔާރަށް އޮތްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
02 Jul 2023
ދަ ޑިމޮކްރެޓްސްގެ ޤައުމީ ޖަލްސާ މި މަހު 5 ގައި ބާއްވަނީ!
ދަ ޑިމޮކްރެޓްސްގެ ޤައުމީ ޖަލްސާ މި މަހު 5 ގައި ބާއްވާނެކަން އެ ޕާޓީން އިއުލާނުކޮށްފި އެވެ.
02 Jul 2023
"އިންޑިއާ އައުޓު ގޮވާ އެއްވެސް ޕާޓީއަކާއެކު މަސައްކަތް ކުރަން ދަތި"
ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ކަމަކީ ދަ ޑިމޮކްރެޓްސް ޕާޓީން ހިތއްވަރުދޭނެ ކަމެއް ނޫން ކަމަށާއި، އެގޮތުން "އިންޑިއާ އައުޓު" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ކެމްޕޭނުގައި ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއަކާއެކު، މަސައްކަތް ކުރަން ދަތިވާނެކަމަށް ދި ޑިމޮކްރެޓްސްއިން ބުނެފި އެވެ.
02 Jul 2023
"މާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅެއްގެ ތަރައްގީ ޤުރުބާންކޮށްފަ"
ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަމާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅުތަކުގެ ތަރައްގީ ގުރުބާންކޮށްފައި ކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
01 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާގެ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
01 Jul 2023
"މާލެ ތަރައްގީކުރީ ހުރިހާ އަތޮޅެއްގެ ތަރައްގީ ޤުރުބާންކޮށްފަ"
ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަމާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅުތަކުގެ މީހުން ވެސް މާލެއަށް ޚަރަދުތަކެއް ކޮށްގެންކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ.
01 Jul 2023
"ވޯޓާސް ލިސްޓު ގަޑުބަޑު ކުރުމުގެ ފުރުސަތެއް ނެތް"
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގައިވާ މީހުންގެ ލިސްޓަކީ ގެޒެޓުގައި ޝާއިއުކޮށް އެންމެންނަށް ފެންނާނެހެން އޮންނާނެ ލިސްޓެއް ކަމަށާއި، ލިސްޓު ގަޑުބަޑު ކުރުމުގެ ފުރުސަތު ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.
01 Jul 2023
ހިލޭ ގޯތި ބަހާތީ ހިޔާ ފްލެޓުތަކުން ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ފަށައިފި
ރާއްޖޭގެ އެންމެ އަގުބޮޑެތި ބިންތަކުން (މާލެ ސަަހައްދުން) ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުން ކުލިދެއްކުން ހުއްޓާލަން މަޝްވަރާކުރަން ފަށައިފި އެވެ.
01 Jul 2023
"އިންޑިއާ އައުޓު ހަރަކާތް ހުއްޓުވޭނެ އެއްގޮތެއް ވެސް ނޯންނާނެ"
ދިވެހިރާއްޖޭގައި ޤާއިމްވެގެން ތިބި އިންޑިއާ ސިފައިންނާއި ދެކޮޅަށް އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ފަށާފައިވާ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓުވޭނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
01 Jul 2023
"މި ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިއުމުގެ ޒިންމާ އަދާލަތުން ނަގަން ޖެހޭ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިޔަ ދިއުމުގެ ޒިންމާ ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
28 Jun 2023
ހުޅުމީދޫ ވެމްކޯ މެނޭޖަރު މަސްތުގެ ޙާލުގައި ހުއްޓާ ހައްޔަރުކޮށްފި
ހުޅުމީދޫ ވެމްކޯ ބްރާންޗުގެ މެނޭޖަރު އަހުމަދު ލިރާރު މަސްތުގެ ޙާލުގައި ހުއްޓާ ހައްޔަރުކޮށްފި އެވެ.
28 Jun 2023
"ގޯތި ލިސްޓުގައި ނަން އޮތަސް، ރައީސް ޞާލިހުގެ ފައިބުޑަކަށް ނުވެއްޓޭނަން"
މާލޭގެ ރައްޔިތުންނަށް ހިލޭ ބަހާ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓުގައި، އެމްޑީޕީން ވަކިވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހިމެނިވަޑައިގަތުމާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އެބޭފުޅާ ރައްދުދެއްވައިފި އެވެ.
28 Jun 2023
"އެންމެ ބޮޑަށް ތަންފީޒު ކުރީ ބޯހިޔާވަހިކަމުގެ ސިޔާސަތު"
އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަންފީޒު ކުރެވުނީ ބޯހިޔާވަހިކަމުގެ ސިޔާސަތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
28 Jun 2023
މާލޭ މީހުންނަށް ސަރުކާރުން ހިލޭ ބަހާ ގޯއްޗަށް އިންޑިއާ މީހެއްވެސް ޝަރުތު ހަމަ
ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން ހިލޭ ބަހާ ގޯއްޗަށް އިންޑިއާގެ ރަށްވެއްސެއްވެސް ޝަރިތު ހަމަވާތީ ލިސްޓުގައި ހިމަނައިފި އެވެ.
27 Jun 2023
ޖާހިލު ވެރިން އިންތިޚާބުވުމަށް އެދި ދުއާކުރާނީ މުނާފިގުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނީ ޙައްކުވެރިންގެ ދުޢާއާއި އެކުގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ރައްދުދެއްވައިފި އެވެ.
27 Jun 2023
މާލޭ ރައްޔިތުންނަށް ރައީސް ޞާލިހުވީ ވައުދު ފުއްދައިފި: ޝާހިދު
ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެލެއްވި ވައުދު ފުއްދަވާދެއްވައިފިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
27 Jun 2023
މީދޫގައި ހިންގި މާރާމާރީގައި ޒަޚަމްވި ޒުވާނާގެ މާލެ ގެންނަނީ
އައްޑު އަތޮޅު މީދޫގައި ހިންގި މާރާމާރީއެއްގައި ޒަޚަމްވި ޒުވާނާގެ ހާލު ސީރިއެސްވެ މާލެ ގެންނަން މަސައްކަތް ފަށައިފި އެވެ.
26 Jun 2023
"ގޯތި ދޫކުރި މީހުންނަށް މާލީ އެހީތެރިކަން ދޭން ފައިނޭންޝިއަލް ސްކީމެއް ނަހަދަން"
ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން 10000 އަށް ވުރެ ގިނަ މީހުންނަށް ހިލޭ ގޯތި ދިނުމަށް ނިންމާ ލިސްޓު އާންމު ކުރި ނަމަވެސް، އެ ބިންތަކުގައި ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފައިނޭންޝިއަލް ސްކީމެއް އެކުލަވާލާފައި ނުވާނެކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
26 Jun 2023
ފްލެޓު ލިސްޓު ނެރޭނެ ތާރީޚެއް ހާމައެއް ނުކުރެވުނު
ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަޅާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހާމަކުރާނެ ތާރީޚެއް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމަށް ހާމަކޮށެއް ނުދެވުނެވެ.
26 Jun 2023
ރައީސް ޔާމިނުގެ މެސެޖެއް: ހުއްބުލް ވަތަން އިސްކޮށް ޕީޕީއެމަށް ވޯޓުދެއްވާ!
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާއިރު، ސިޔާސީ ޅިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ޤައުމީ ވިސްނުން އިސްކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިލްތިމާސް ކުރައްވައިފި އެވެ.
26 Jun 2023
"ރައީސް ޔާމިނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދޭން ކުރެވެން އޮތްހާ ކަމެއް ކުރާނަން"
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމަށް "ދި ޑިމޮކްރެޓްސް" އިން ބުނެފި އެވެ.
26 Jun 2023
"ޞާލިހު ބަލިވެއްޖެ، މިހާރު ހިފަހައްޓަނީ ފައިސާ ބަހައިގެން"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލިވެއްޖެ ކަމަށާއި، މިހާރު އެމަނިކުފާނުގެ ވެރިކަން ހިފަހައްޓަމުން ދަނީ ފައިސާ ބައްސަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
26 Jun 2023
ދި ޑިމޮކްރެޓްސް އާއި ޕީޕީއެމް ގުޅިގެން ކަންމަތީ ބޮޑު ބައްދަލުވުމެއް ބާއްވަނީ
މި ވެރިކަން ބަދަލުކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ދި ޑިމޮކްރެޓްސް ބާއްވާ ދެވަނަ މަޝްވަރާ ބައްދަލުވުން ނިންމާލައިފި އެވެ.
24 Jun 2023
"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލެ ފްލެޓުގެ ކުލި މާފުކޮށްދޭނަން"
ވެރިކަން ލިބިވަޑައިގެންފިކަމަށް ވާނަމަ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކުގެ ކުލި މާފުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
24 Jun 2023
ޤާސިމް ރައީސަށް: ތި ހައްދަވަނީ ބޮޑެތި ގޯސް، ގެއަށް ކަނޑާލާ!
ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޮޑެތި ގޯސްތައް ނަހައްދަވާ ދުރަށް ވަޑައިގަތުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ގޮވާލައްވައިފި އެވެ.
24 Jun 2023
"ރައީސްކަން ބޭނުންވަނީ އެންމެ ސަބަބަކަށްޓަކައި؛ އިސްލާހައްޓަކައި"
ދިވެހިރާއްޖޭގެ ރައީސްކަމުގެ މަޤާމު ބޭނުންފުޅުވަނީ އިސްލާހީ މަސައްކަތްޕުޅު ކުރެއްވުމުގެ ބޭނުމުގައިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.