ލަހުފާ ޚަލީލް
ސިޔާސީ ތަޖުރިބާކާރު ނޫސްވެރިއެއް
ލަހުފާ ޚަލީލް
14 Jul 2023
"ރައީސް ގެންގުޅުއްވަނީ ކޮރަޕްޝަން އާންމުކުރާ ސިޔާސަތު"
ކޮރަޕްޝަނަށް "ޒީރޯ ޓޮލަރެންސް" ސިޔާސަތު ހިއްޕަވައިގެން ވެރިކަމަށް ވަޑައިގެން ނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙާއްމަދު ޞާލިހު ގެންގުޅުއްވަނީ ކޮރަޕްޝަން އާންމު ކުރުމުގެ ސިޔާސަތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
13 Jul 2023
"އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާނަން، އަމާޒަކީ އެއްލައްކަ ވޯޓުން ފެށުން"
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އިންތިޚާބުގައި ވޯޓުލާން ފައްޓަވާނީ ވެސް އެއްލައްކަ ވޯޓާއި އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
13 Jul 2023
"މީ ތާރީހުގައި ވެސް ހެދުނު މެމްބަރުން އެންމެ ގިނަ ކޯލިޝަން"
އެމްޑީޕީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭ އާއި އެކު ހަދާފައިވާ ކޯލިޝަނަކީ ރިޔާސީ އިންތިޚާބަކަށް ނިކުތުމަށް ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވެސް ހެދުނު އެންމެ މެމްބަރުން ގިނަ ކޯލިޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
13 Jul 2023
"މެމްބަރެއްގެ ގޮތުގައި ހުރެ މަޖިލީހަށް ވަންނަން މަސައްކަތް ކުރީތީ ކޯޓަށް ދެމި، އެއީ މާޒީ"
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީސް ކުރާ ގެއަށް ވަދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ކުށަކަށް ހަދާ ދައުވާ އުފުލާފައިވާ ކަމަށާއި، އެއީ މިއަދު މާޒީއަށް ވެފައިވާ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
13 Jul 2023
ރަސޫލާގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ އިމްރާނު ހެއްދެވީ އިތުރުފުޅެއް!
ރިޔާސީ އިންތިޚާބުގެ ވޯޓާއި ޖެހެންދެން ނުނިދާ ހޭލާ ތިބެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނުގައި މަސައްކަތްކުރުމަށް ހިތްވަރުދެއްވާ ހޯމް މިނިސްޓަރު އަދި މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ ބޭނުންކުރެއްވީ ރަސޫލާގެ ހަދީސެއް ނޫންކަން ހާމަވެއްޖެ އެވެ.
13 Jul 2023
އަދީބު ފިލައިގެން އެ ދިޔައީ ކޯޓަށް ދޮގުހެކި ދީފަ: ބޮންޑާ
ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ރާއްޖެ ދޫކޮށް އެ ދިޔައީ ފުއްގިރި މައްސަލައާއި ގުޅިގެން ކޯޓަށް ދޮގުހެކި ބަސް ދީފައިކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
13 Jul 2023
ފުއްގިރި ޚިޔާނާތް ހިންގިކަމެއް ކުރީގެ ވެރިންނަކަށް ނޭނގޭނެ: އިބްރާހިމް ރަޝީދު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޚިޔާނާތް ހިންގިކަމެއް އޭރުވެ ވެރިންނަށް އެނގިނުލައްވާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވަމުން މަޖިލީހުގެ މާދަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
12 Jul 2023
"ބޭނުން ނުކޮށް މަގު ހަލާކުވެފަ އޮތް ރަށްތަކަށް ދެވިއްޖެ"
ތާރުއަޅައިގެން ރީތިކޮށް ހަދާފައިވާ މަގުތައް ބޭނުން ނުކުރުމުގެ ސަބަބުން ހަލާކުވެފައިވާ ރަށްތަކަށް ވެސް ރާއްޖޭގައި އެބަހުރިކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
12 Jul 2023
އަދީބު ސިންގަޕޫރަށް ފުރައިފި
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްދަދިނުމާއެކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ޖަލު ހުކުމެއްކޮށް، ގޭގައި އެ ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސިންގަޕޫރަށް ފުރައިފި އެވެ.
11 Jul 2023
ރައީސް ޞާލިހުގެ މާލެ ސިޓީ ކެމްޕޭނު ކޯޑިނޭޓަރަކަށް މާރިޔާ، ޑެޕއިޓީއަކަށް ޝަހީމު
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މާލޭ ސިޓި ކެމްޕޭނު ކޯޑިނޭޓަރާއި ޑެޕިއުޓީ ކެމްޕޭނު ކޯޑިނޭޓަރު ކަނޑައަޅައިފި އެވެ.
11 Jul 2023
"އަދީބު ފުރުވާލަނީ ދޮގުހެކި ދިނުމަށް ހަވާލުކުރި ވަޒީފާ އަދާކުރުމުން"
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރާއްޖެއިން ބޭރަށް ދާން ސަރުކާރުން ހުއްދަދިނީ ސަރުކާރުން ބުނާގޮތަށް ދޮގުހެކި ބަސް ދިނުމަށް ހަވާލުކުރި ވަޒީފާ އަދާކޮށް ނިމުމުން ކަމަށް ރައީސް ޔާމިނުގެ އިސް ގާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
11 Jul 2023
"މެނޭޖުކުރުމުގެ ނަމުގައި 30 މިލިއަނުގެ ކޮރަޕްޝަނެއް ހިންގައިފި"
މި ސަރުކާރުން ކުނި މެނޭޖުކުރުމަށް 32 ރަށުގައި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ގްރީން ފަންޑުން 30 މިލިއަންގެ ކޮރަޕްޝަނެއް ހިންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ތުހުމަތު ކުރައްވައިފި އެވެ.
11 Jul 2023
"ވަކިވަރަކަށް ލާރި ހުރިއްޔާ އެފްއޭއެމްގެ ރައީސްކަމަށް އާދެވޭނެ"
ވަކި ވަރަކަށް އެކައުންޓުގައި ލާރި ހުރި މީހަކަށް ވިއްޔާ މާދަމާ ވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް އާދެވިދާނެކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފި އެވެ.
11 Jul 2023
"ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ޤައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން"
ޕީޕީއެމްގެ ރިރާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި އޮންނެވުމަކީ ޤައުމަށް އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
11 Jul 2023
އަދީބު ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދީފި
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްދަދީފި އެވެ.
11 Jul 2023
ރައީސް ޔާމިނުގެ އިސްތިއުނާފުގެ އަޑުއެހުމެއް ތާވަލު ނުކޮށްގެން އިދިކޮޅުން ކޯޓަށް
ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މި ހަފްތާއަށް ވެސް ތާވަލުކޮށްފައި ނުވާތީ އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެންފި އެވެ.
10 Jul 2023
"ޖުޑިޝަރީއަށް އަތް ބާނާކަން އިންކާރު ނުކުރެވޭ ވަރަށް ހެކި އެބަހުރި"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް އިންކާރު ނުކުރެވޭނެ ވަރުގެ ހެކިތައް ފެންނަން އެބަހުރިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
10 Jul 2023
"ރައީސް ކަމަށް ކުރިމަތިލާން ރައީސް ޞާލިހުގެ ޝަރުތު ހަމައެއް ނޫން"
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު ޝަރުތު ހަމަވާކަމަށް ޤަބޫލު ނުކުރައްވާކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
10 Jul 2023
"ފަރުވާ ދޭން ޖެހުނު، ބަލި ފަސޭހަވާއިރު ލަކުނުވެސް ނުހުންނާނެ"
މި ސަރުކާރު ކޯލިޝަނުގައި ވެސް ފަނިއަޅާ ހިތިފަތް ޖަހައިގެން ފަރުވާދޭން ޖެހުނު ކަމަށް ސަރުކާރުގެ ކޯލިޝަން ޕާޓުނަރު، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
10 Jul 2023
"މަޖިލީހަށް ސިފައިން ވެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ބެހޭކަމެއް ނޫން"
ރައްޔިތުންގެ މަޖިލީހަށް ސިފައިން ވެއްދުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ހާލަތެއްގައި ބެހެން ޖެހިލައްވާނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ
10 Jul 2023
"އެމްޑިޕީން ވަކިވީ ކޮރަޕްޝަން ނެޓުވޯކަކަށް ސަރުކާރު ބަދަލުވީމަ"
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގަތީ ފިއްކަނޑައިގެންދާ ވަރުގެ ވައްކަމާއި ކޮރަޕްޝަންގެ ނެޓުވޯކަކަށް އެމްޑީޕީ ސަރުކާރު ބަދަލުވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
10 Jul 2023
"މަނިކުފާނު 5 އަހަރު ނިމެނީޔޭ! ކީއްހޭ ތި ކުރީ؟"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަތުމަށް ވީ ބޮޑެތި ވައުދުތައް ދައުރު ނިމެންދާއިރު ވެސް ފުއްދަވާދެއްވާފައި ނުވާނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފި އެވެ.
10 Jul 2023
"ރައީސް ޞާލިހާއެކު ބައެއް މެމްބަރުންނާއި، ވަޒީރުންނާއި، އެމްޑީން ވެސް މަގުމަތިވާނެ"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ނިމޭއިރު ސަރުކާރަށް ވާގިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، މިހާރު ކެބިނެޓުގައި ތިއްބެވި ވަޒީރުންގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން ގެންދަވާ ފަރާތްތައް މަގުމަތިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
09 Jul 2023
ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނު 16 އަތޮޅެއްގައި ފަށައިފި
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕޭނު 16 އަތޮޅެއްގައި ފަށާފައިވާކަން ޕީޕީއެމުން ހާމަކޮށްފި އެވެ.
09 Jul 2023
ރައީސް ފޯކައިދޫއަށް ވަޑައިގަތުމުން ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފޯކައިދޫއަށް ވަޑައިގަތުމުން ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ އިހުތިޖާޖުކޮށްފި އެވެ.
09 Jul 2023
"ނުފޫޒެއް ނެތި މިނިވަންކަމާއެކު ހުކުމް ކުރުމުގެ ބާރު ކޯޓުތަކަށް ދެވިއްޖެ"
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މި ސަރުކާރުން ކުރި އެންމެ މުޙިންމު ކަމަކީ ޤާނޫނަށް ރުޖޫއަވުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
09 Jul 2023
ރައީސްގެ ށ ދަތުރު: ކޮމަންޑޫއަށް ފަހު މަރޮއްޓަށް ވަޑައިގެންފި!
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ށ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ދެވަނަ މަންޒިލަކަށް ށ އަތޮޅު މަރޮއްޓަށް ވަޑައިގެންފި އެވެ.
09 Jul 2023
"ހަނގުރާމައަށް ދިޔަ ދިވެހިން އޮގަސްޓު ނިމުމު ކުރިން ރާއްޖެ ގެނެސްދޭނަން"
ދިވެހިރާއްޖެއިން ހަނގުރާމައަށް ފުރައިގެން ދިޔަ މީހުންގެ ތެރެއިން ޙާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިން މިއަހަރުގެ އޮގަސްޓު މަސް ނިމުމުގެ ކުރިން އަނބުރާ ރާއްޖެ ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.
09 Jul 2023
"ކުރިއަށް އޮތް 5 އަހަރު ތެރޭ މަތި ކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅާނަން"
ކުރިއަށް އޮތް 5 އަހަރު ދުވަސްތެރޭގައި މަތިކޮމަންޑޫގައި 300 ހައުސިން ޔުނިޓު އަޅުއްވާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފި އެވެ.
09 Jul 2023
ޖުލައި މަހުގެ ނިޔަލަށް ދެ ކޮަމަންޑޫ ގުޅާލާނަން: ރައީސް ޞާލިހު
މި ޖުލައި މަހުގެ ނިޔަލަށް ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ނިންމާލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.